ޚަބަރު

ކައުންސިލްގެ 09 ވަނަ ޤުރުއާން މުބާރާތް 2019

 

މާޅޮސް މަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ 09 ވަނަ ޤުރުއާން މުބާރާތް 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި މަތާރަން މާލަމް ( ކުރީގެ ހުކުރު މިސްކިތް) ގައި ބޭއްވުމަށް ކައުންސިލުން ނިންމާފައި ވާކަން ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ. މި މުބާރާތަކީ ހުޅުދުއްފާރު ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ ކައުންސިލް އިދާރާގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު، ކުލަބްޖަމިއްޔާތަކާއި، ސްކޫލްތަކުގެ އިތުރުން ޤުރުއާން ކުލާސްތަކާއި އަދި ޢާއްމުންނަށް ހުޅުވައިލައިގެން އަހަރަކު އެއްފަހަރު ރަށު ކައުންސިލް އިސްނަގައިގެން ބާއްވާ މުބާރާތެއްކަމަށް ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްގެ 09 ވަނަ ޤުރުއާން މުބާރާތް އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް މި މުބާރާތް ފެންވަރު ރަގަޅު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އެގޮތުން މިއަހަރު ވަނަވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށް ކައުންސިލުން ނިންމާފައިވާކަން ފާހަގަކުރިއެވެ. އަދި މިފަދަ މުބާރާތަށް ބޭއްވުމުގެ އެންމެބޮޑު އެއްމަގުސަދަކީ ރަށުގައި ކީރިތި ޤުރުއާނުގެ ހަމަތަކާއި އެއްގޮތަށް އުނގެނި، ޤުރުއާން ކިޔެވުމުގެ ޤާބިލް  މީހުން އުފެއްދޭނެ ފަދަ ވާދަވެރި މާހައުލެއް ޤާއިމުކުރުމާއި، ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމާއި، ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުގައި ރަށް ތަމްސީލުކުރާނެ ޤާބިލް މީހުން އުފެއްދުމަކަށް  ވިދާޅުވިއެވެ. އަދި މިފަދަ މުބާރާތްތަށް ހިންގުމަކީ ޙަރަދު ދާނެ ކަމަކަށް ވެފައި މުބާރާތް ހިންގުމަށް ކައުންސިލަށް ލިބިފައިވާ ބަޖެޓުން ޙަރަދުތަށް ފޫނުބެއްދޭކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ގިނަގުނަ ގޮންޖެހުންތަކަކާއެކުވެސް މިފަދަ މުބާރާތެއް ރަށު ފެންވަރުގައި ކުރިއަށް ގެންދެވިގެންދާކަމީ ރަށަށް ލިބިގެންދާނެ ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ. އަދި މި މުބާރާތް ރަގަޅު ފެންވަރުގައި ކުރިއަށް ގެންދިއުމަށް ގިނަފަރާތް ތަކެއްގެ އެހީތެރިކަން ލިބިފައިވާކަމަށް ވިދާޅުވިއެވެ. މި ފުރުސަތުގައި އެފަރާތްތަކަށް ޙާއްސަ ޝުކުރެއް ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހީމް އަދާކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *